
ބީއެމްއެލް ކިޑްސް ސޭވަ އެކައުންޓް ހުޅުވައިގެން 5،000 ރުފިޔާ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކިޑްސް ސޭވަ އެކައުންޓެއް ހުޅުވައިގެން ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފި އެވެ.
މިމަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަންގައި ނަސީބުވެރިން ހޮވާ ފައިސާގެ އިނާމު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އެގޮތުން ޕްރޮމޯޝަންގެ މުއްދަތުގައި ލަކީ ޑްރޯ މެދުވެރިކޮށް ހޮވޭ 20 ނަސީބުވެރިންގެ ކިޑްސް ސޭވަ އެކައުންޓަށް 5،000 ރުފިޔާ ޖަމާކުރެވޭއިރު އިތުރުން އަހަރު ނިމޭއިރު އެކްޓިވް އެކައުންޓްތަކުގެ މެދުގައި ނެގޭ ގުރުއަތުން 20 ނަސީބުވެރިންގެ ކިޑްސް ސޭވަ އެކައުންޓަށް 2،500 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް އިން ބުނީ ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއެއް ނެގެމަށްފަހު އެންމެ ކައިރި ބްރާންޗަށް ނުވަތަ މާލޭގައި ނަމަ އެކައުންޓް އޯޕަނިން ސެންޓަރު އަދި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި މިކަމަށް ހާއްސަކޮށްފައިވާ ކައުންޓަރުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓް ހުޅުވޭނެ ކަމަށެވެ.