
ފޮޓޯ: މީރާ
ހަ މަހުން 14 ބިލިއަން
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 12.5 ބިލިއަން ރުފިޔާގެ އާމްދަނީއަށްވުރެ 2.2 ބިލިއަން ރުފިޔާ އިތުރުވުމެކެވެ.
މީރާއަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 560.6 މިލިއަން ޑޮލަރު ހިމެނެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 488.2 މިލިއަން ޑޮލަރުގަ އެވެ.