އެމްޓީސީސީން ކެޕްޓަނުން ތަމްރީންކުރަނީ، އަންހެނުންނަށް އިސްކަންދޭނެ

ހުނަވަރު ޕްރޮގްރާމްގެ ދަށުން ސްޕީޑްބޯޓު ކެޕްޓަނުން ތަމްރީނު ކުރުމަށް އެމްޓީސީސީ އިން ނިންމައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ޕްރޮގްރާމްގެ ދަށުން ދެ މީހުން ތަމްރީން ކުރާނެ އެވެ. ތަމްރީންގެ މުއްދަތުގައި އިނާޔަތުގެ ގޮތުގައި މަހަކު 5،000 ރުފިޔާ ދޭއިރު މަސައްކަތް ކުރަން ޖެހޭނީ ޝިފްޓް ޑިއުޓީ އުސޫލުން ހަފުތާއަކު ހަ ދުވަހު އެވެ.

މަގާމަށް މީހުން ހޮވުމުގައި އަންހެނުންނަށް އިސްކަންދޭނެ ކަމަށާއި އިތުރު ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް ފުރިހަމަކޮށް ރަނގަޅު ސިއްހަތެއްގައި ހުރުން ހިމެނެއެވެ.

ތަމްރީންގެ މުއްދަތަކީ ތިން މަސް ދުވަހެވެ.