ފައިބަ ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ދިރާގު ފައިބަ ބްރޯޑްބޭންޑް ކަނެކްޝަނަށް މުޅިން އަލަށް އެދޭ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ހިލޭ ރައުޓާ އަދި ސެޓް-އަޕް ފީ ހިލޭ ލިބޭނެ އެވެ.

މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ފައިބަ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ރެސިޑެންޝަލް ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.