ކޮތަޅު ފީ އިން 1 މިލިއަން ރުފިޔާ

ޕްލާސްޓިކް ކޮތަޅު ފީ އިން މޭ މަހުގެ ނިޔަލަށް އެއް މިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މޭ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޕްލާސްޓިކް ކޮތަޅު ފީ އިން 1.17 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށީ އެޕްރީލް 18 ވަނަ ދުވަހުން ފެށިގެންނެވެ.