ދައުލަތުގެ ހަރަދު 10.7 ބިލިއަން ރުފިޔާއަށް

ދައުލަތުގެ ހަރަދު 10.7 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރި ހަރަދުގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ވަނީ 2.1 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

އިދާރީ އަދި ހިންގުމުގެ ހަރަދަށް 4.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 2.5 ބިލިއަން ރުފިޔާ ހޭދަކުރިއިރު ލޯނުތައް ދައްކަން 788.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތަށް މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބުނީ 7.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 6.1 ބިލިއަން ރުފިޔާ އެވެ.