
ފްލައިޓަކުން ފަތުރުވެރިންތަކެއް ފައިބަނީ. ފޮޓޯ: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ގަދަ 10 ގައުމުގެ ލިސްޓަށް ސްޕެއިން
ސްޕެއިނުން ރާއްޖެ ފަތުރުވެރިންގެ އަދަދު އިތުރުވެ، މާކެޓްގެ ގަދަ 10 ގައުމުގެ ތެރޭގައި ހިމެނިއްޖެ އެވެ.
އެގައުމުން މިއަހަރު 21،783 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިއަހަރު ރާއްޖެއައި ޖުމްލަ ފަތުރުވެރިންގެ 1.9 ޕަސަންޓެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.8 ޕަސަންޓް އިތުރުވުމެކެވެ.