ފޮޓޯ: އެމްޓީސީސީ

ކުރެންދޫ ގޮނޑުދޮށް މަޝްރޫއުގެ 86 އިންސައްތަ ނިމިއްޖެ

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމުގެ 86 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ.
 
ސައިޓުގައި މިހާރު ކުރިއަށްދަނީ ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތެވެ.
 
މި މަޝްރޫޢުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 361 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 44.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.