100 ޖީބީ ޑޭޓާއާއެކު އުރީދޫން އީދަށް ހާއްސަ އޮފާތަކެއް

ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫއިން ހާއްސަ އޮފާތަކެއް އިއުލާނުކޮށްފި އެވެ.

އުރީދޫން ބުނި ގޮތުގައި މިއީ ކަސްޓަމަރުންނަށް މި އީދުގައި ރައްޓެހިންނާއި އާއިލާ އާއި ގުޅުންބަދަހި ކުރަން ހާއްސަކޮށް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހަދިޔާތަކެކެވެ.

އެ ގޮތުން އުރީދޫ އީދު ޕެކް އެކްޓިވޭޓް ކޮށްގެން އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި ފަސް ޖީބީ ޑޭޓާ ދެ ދުވަހަށް އެންމެ 50 ރ އަށް ލިބޭނެ އެވެ. އަދި ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށްގެން 100 ޖީބީ ޑޭޓާ ލިބޭއިރު އުރީދޫގެ ނަންބަރުތަކަށް ހިލޭ ގުޅާލެވޭނެ އެވެ. މި ޕެކް ތިން ދުވަހަށް 100ރ އަށް ނުވަތަ ފަސް ދުވަހަށް 150ރ އެކްޓިވޭޓް ކުރެވޭނެ އެވެ.

އުރީދޫ ގިފްޓްއަ ޕެކް މެދުވެރިކޮށް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ޑޭޓާ ހަދިޔާ ކުރެވޭ އިރު ޓެކްސްޓް އަ ކޮފީ މެދުވެރިކޮށް ރައްޓެހިންނަށް ހަދިޔާއެއް ފޮނުވައިގެން އެއް ޖީބީ ޑޭޓާ ހިލޭ ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

މި އޮފާތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ލިބޭނެ އެވެ.