އެއާޕޯޓް ޓެކުހާއި ފީ އާމްދަނީ އިތުރުވެއްޖެ
އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެއާޕޯޓް ޓެކުހާއި ފީގެ ތެރޭގައި ހިމެނޭ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކުހުން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް 98 މިލިއަން ޑޮލަރު -- 1.5 ބިލިއަން ރުފިޔާ ލިބުނެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އޭޑީއެފް އަދި ޑިޕާޗާ ޓެކުހުން ދައުލަތަށް ލިބުނީ 88.9 މިލިއަން ޑޮލަރު -- 1.3 ބިލިއަން ރުފިޔާ އެވެ.