
ދިރާގުން ޓިކްޓޮކް ޗެލެންޖެއް
ދިރާގުން 10،000 ރުފިޔާގެ އިނާމަކާއެކު ޓިކްޓޮކް ޗެލެންޖެއް ފަށައިފި އެވެ.
މި ޗެލެންޖުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން "ދިރާގު ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ލަވަ "ނޫރާޅާ ޖައްސާލާ" އަށް ކޮންޓެންޓް ތައްޔާރުކޮށް، ދިރާގުގެ ޓިކްޓޮކް އެކައުންޓް @dhiraagufans ފޮލޯކޮށް އަދި ޓެގް ކުރުމަށްފަހު #DhiraaguWin2Speedboats ބޭނުންކޮށްގެން ޗެލެންޖުގައި ބައިވެރިވެވޭނެ އެވެ.
ދިރާގުން ބުނި ގޮތުގައި މިއީ ހުނަރުވެރި ކޮންޓެންޓް ކްރިއޭޓަރުންނަށް އަދި ކޮންޓެންޓް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހުނަރުތައް ދައްކައިލައި، އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ޗެލެންޖެކެވެ.
މި ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު މުބާރާތް ކާމިޔާބުކުރާ ފަރާތް ހާމަކުރުމަށް ހަމަޖެހިފައިވަނީ ދިރާގުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.