
ކައްދޫ އެއާޕޯޓްގައި ފްލައިޓެއް -- ފޮޓޯ ކައްދޫ އެއާޕޯޓް ފޭސްބުކް ޕޭޖް
ކައްދޫ އެއާޕޯޓްގެ ހިންގުން ރީޖަނަލް އެއާޕޯޓްސްއަށް
ލ. ކައްދޫ އެއާޕޯޓްގެ ހިންގުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ ހަވާލުކޮށްފި އެވެ.
ކައްދޫ އެއާޕޯޓްގެ 100 ޕަސަންޓް ހިއްސާދާރުގެ ގޮތުގައި އެ އެއާޕޯޓްގެ ހިންގުމާއި އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
ރީޖަނަލް އެއާޕޯޓްސް އިން އިތުރަށް ބުނީ ކައްދޫ އެއާޕޯޓް ހިންގާ ކޭއޭސީއއެލްއާއެކު އެއާޕޯޓްގެ އޮޕަރޭޝަންއާ ހަވާލުވުމޖުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މި އެއާޕޯޓަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރޭގައި ހިމެނޭ އެއާޕޯޓެކެވެ.