ބޮބީ ޑިއޯލް

ބޮބީ ވިލަން ރޯލަކަށް

ޔަޝް ރާޖް ފިލްމް – ވައިއާރްއެފްގެ ފިލްމެއްގައި ވިލަންގެ ރޯލު ކުޅެން ބޮބީ ޑިއޯލް ތައްޔާރުވެއްޖެ އެވެ.

އާލިއާ ބަޓް އާއި ޝަރުވާރީ ފެނިގެންދާ މި ފިލްމްގެ ނަން އަދި ހާމައެއް ނުކުރެ އެވެ.

ސްޕައި މި ފިލްމްގައި އާލިއާ އާއި ޝަރުވާރީ ފެނިގެންދާނީ މިޝަނެއްގައި ހަރަކާތްތެރިވާ އެޖެންޓުންގެ ރޯލުންނެވެ.

މި ފިލްމްގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.