އަމީތާބް ބައްޗަން -- ފޮޓޯ: ފޭސްބުކް

އަމީތާބް ބައްޗަން 20 އޭކަރުގެ ބިމެއް ގަނެފި

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަން 20 އޭކަރުގެ ބިމެއް ގަނެފި އެވެ.

މަހާރާޝްތުރާގެ އަލީބައުގު އިން އަމީތާބް މި ބިން ގަނެފައިވަނީ 10 ކްރޯޑް ރުޕީސް އަށެވެ.

އަމީތާބް މި ބިން ގަނެފައިވަނީ މަޝްހޫރު ރިއަލް އެސްޓޭޓް ޑިވެލޮޕަރު ދަ ހައުސް އޮފް އަބިނަންދާން ލޯދާ އިންނެވެ.

މީގެ ކުރިންވެސް އަމީތާބް ވަނީ ދަ ހައުސް އޮފް އަބިނަންދާން ލޯދާ އިން ތަރައްގީކޮށްފައިވާ 7 ތަރީގެ ތަނެއް ގަނެފަ އެވެ. މި ތަނުގެ އަގު 14.5 ކްރޯޑް ރުޕީސްއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.