ޝްރައްދާ ކަޕޫރް

ޝްރައްދާގެ އިންސްޓަގްރާމް ފޮލޮވަރުންގެ އަދަދު 50 މިލިއަނަށް

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޝްރައްދާ ކަޕޫރްގެ އިންސްޓަގްރާމް ފޮލޮވަރުންގެ އަދަދު 50 މިލިއަނަށް އަރައިފިއެވެ.

އުމުރުން 33 އަހަރުގެ ޝްރައްދާއަކީ ބޮލީވުޑްގައި މިއަދު ފައިތިލަ ސާބިތުކޮށްފައިވާ ފަންނާނެކެވެ. ބެލުންތެރިންގެ ލޯބި ހޯދާފައިވާ ޝްރައްދާއަކީ ފެޝަން އައިކޮންއެއްވެސް މެއެވެ.

ކޮވިޑް-19 އާ ގުޅިގެން މިވަގުތު ގޭގައި ހުރި ނަމަވެސް، ޝްރައްދާ ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފޭނުންނާއި އޮންނަ ގުޅުން ދަމަހައްޓަމުންނެވެ. އެގޮތުން ގޭގެ ޓެރެސްގައި ހުރެ ކަސްރަތު ކުރާ މަންޒަރާއި ކުޑައިރު ނަގާފައިވާ ބައެއް ފޮޓޯތައް ހަނދާން އާކޮށްލުމުގެ ގޮތުން ދަނީ އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ.

ޝްރައްދާ ކަޕޫރަކީ، ބޮލީވުޑްގެ ކުރީގެ ފިލްމްތަކުން ވިލަންގެ ރޯލުން ފެނިގެންދިޔަ ޝަކްތީ ކަޕޫރުގެ ދަރިފުޅެވެ. ޝްރައްދާ ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި "އާޝިގީ 2" އާއި "އޭކް ވިލަން" އާއި "އޭބީސީޑީ 2" އާއި "ބާގީ" އަދި "ބާގީ 3" ހިމެނެއެވެ.