މެގީ ސްމިތް މަރުވެއްޖެ
ހެރީ ޕޮޓާ ފިލްމް ސީރީޒްގައި ޕްރޮފެސަރު މިނާވާ މެކްގޮނަގަލްގެ ރޯލު ކުޅުނު އެކްޓްރެސް ޑޭމް މެގީ ސްމިތް އުމުރުން 89 އަހަރުގައި މަރުވެއްޖެ އެވެ.
މެގީގެ އާއިލާއިން ބުނި ގޮތުގައި އޭނާ މަރުވީ ގޭގައި އިންދާ އެވެ.
މެގީ ވަނީ ހަތަރު ފަހަރު، އެމީ އެވޯޑް ހޯދާފަ އެވެ. މީގެ އިތުރުން ތިން ފަހަރެއްގެ މަތިން ގޯލްޑަން ގްލޯބް އެވޯޑް އަދި ދެ ފަހަރެއްގެ މަތިން އެކަޑަމީ އެވޯޑް ހޯދާފައިވެ އެވެ.
ހެރީ ޕޮޓާގެ އިތުރުން މެގީ ކުޅުނު ފިލްމްތަކުގެ ތެރޭގައި "ދަ ޕްރައިމް އޮފް މިސް ޖީން ބްރޯޑީ" (1969)، "ކެލިފޯނިއާ ސުއީޓް" (1978)، "ޓީ ވިތް މުސޮލީނީ" (1999) އަދި "ގޮސްފޯޑް ޕާކް" (2001) ހިމެނެ އެވެ.