"ރަކްޝާ ބަންދަން" ޒީ5 އަށް

އަކްޝޭ ކުމާރް ފެނިގެންދާ "ރަކްޝާ ބަންދަން" ޒީ5 އިން ދެއްކުމަށް ހަމަޖެހިއްޖެއެވެ.

ޒީ5 އިން ހާމަކުރި ގޮތުގައި "ރަކްޝާ ބަންދަން" ޕްރިމިއާ ކުރާނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. ފިލްމްގެ ވާހަކަ ލިޔެފައިވަނީ ހިމަންޝޫ ޝަރްމާ އާއި ކަނިކާއެވެ. ޑައިރެކްޓްކޮށްފައިވަނީ އާނަންދް ރާއީއެވެ.

ފިލްމުން ބޫމީ ޕެޑްނޭކަރް އާއި ޑީޕިކާ ކަންނާ ފެނިގެންދާނެއެވެ.

މި ފިލްމް ޕްރޮޑިއުސްކޮށްފައިވާ ޒީ ސްޓޫޑިއޯސް، ކެޕް އޮފް ގުޑް ފިލްސް އަދި ކަލާ ޔެލޯ ޕްރޮޑަކްޝަންއިންނެވެ.