ޖޯކާގެ ދެވަނަ ބައިގެ ޝޫޓިން ނިންމާލައިފި

ޖޯކާގެ ދެވަނަ ބައި "ޖޯކާ:"ފޮލީ އަ ޑޫ"ގެ ޝޫޓިން ނިންމާލައިފި އެވެ.

މީގެ ހަތަރު މަސް ކުރިން މަސައްކަތް ފެށި ފިލުމުގެ މަސައްކަތް ނިންމާލިކަން ޑައިރެކްޓަރު ޓޮޑް ފިލިޕްސް ވަނީ ހާމަކޮށްފަ އެވެ.

ޖޯކާގެ ރޯލުން ފެނިގެންދާނީ ކުރިންވެސް އެ ރޯލުން ފެނިގެންދިޔަ އެކްޓަރު ވާކީން ފީނިކްސް އެވެ. ފިލްމްގައި ހާލީ ކުއިންގެ ރޯލުން ފެނިގެންދާނީ ލޭޑީ ގާގާ އެވެ.

ހާލީ ކުއިންއަކީ ޖޯކާގެ ލޯބިވެރިޔާ އެވެ.

ރިޕޯޓްތަައް ބުނާ ގޮތުން މި ފިލުމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.