Photo @nehadhupia | Instagram

ނެހާ ދޫޕިއާ ރާއްޖޭގައި

އިންޑިއާގެ އެކްޓްރެސް ނެހާ ދޫޕިއާ އޭނާގެ އާއިލާއާއެކު ރާއްޖެ އަތުވެއްޖެ އެވެ.

 

ނެހާ ރާއްޖެ އައީ އުފަން ދުވަސް ފާހަގަކުރުމަށެވެ. އޭނާއަށް 44 އަހަރު ފުރުނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

ނެހާ ރާއްޖެ އައީ އޭނާގެ ފިރިމީހާ އަންގަދު ބޭޑީ އާއި ދެ ދަރިންގެ އިތުރުން މަންމައާއެކު އެވެ.

އާއިލާއާއެކު ރާއްޖޭގައި ހުރެ ނަގާފައިވާ ފޮޓޯތައް ނެހާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.