ފިލްމް ބިނީ އެންޑް ފެމިލީގެ ޕޯސްޓަރެއް

އަންޖިނީ ބޮލީވުޑަށް ތައާރަފުވާ ފިލްމް އަންނަ މަހު

އަންޖިނީ ދާވަން ބޮލީވުޑަށް ތައާރަފުވާ ފިލްމް އަންނަ މަހު ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.

އޭނާއަކީ ބޮލީވުޑްގެ އެކްޓަރު ވަރުން ދާވަންގެ ދެބެންގެ ދެދަރި (ކަޒިން) – ސިދާތު ދާވަންގެ ދަރިއެކެވެ. 

އަންޖިނީ ބޮލީވުޑަށް ތައާރަފުވަނީ ފިލްމް "ބިނީ އެންޑް ފެމިލީ" އިންނެވެ.

މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހު އެވެ.

އަންޖިނީ ބޮލީވުޑަށް ތައާރަފުވާތީ ފިލްމީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.

މިއީ ހުރިހާ އުމުރުފުރާއަކާވެސް ގުޅޭ ގޮތަށް އުފައްދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.