"ވޯ 2"އަށް އާލިއާ
ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން ލީޑް ރޯލުން ފެނިގެންދާ "ވޯ 2" އަށް އެކްޓްރެސް އާލިއާ ބަޓް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުން ފިލްމަށް އާލިއާ ހަމަޖެއްސުމަށް ފިލްމު އުފައްދާ ފަރާތުން ދަނީ އާލިއާ ބަޓްއަށް ގުޅަމުންނެވެ. މި ފިލްމްގައި ލީޑް އެކްޓްރެސްގެ ރޯލުން އާލިއާ ބަޓް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔަޝް ރާޖް ފިލްމްސްގެ "ވޯ" ގެ ފުރަތަމަ ފިލްމު ރިލީޒްކުރީ 2019 ވަނަ އަހަރު އެވެ. ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް ލީޑް ރޯލުން ފެނިގެންދިޔަ މި ފިލްމަށް ބޮކްސް އޮފީހުގައި 470 ކްރޯޑް ރުޕީސް ލިބުނެވެ.