ވޯ 2 އަށް ރިތިކް ދެ މަސް ދުވަސް ހުސްކޮށްފި

ވައިއާރްއެފް އިން އުފައްދާ ފިލްމް "ވޯ 2" ގެ ޝޫޓިންގްއަށް ފިލްމްގެ ލީޑް އެކްޓަރު ރިތިކް ރޯޝަން ދެ މަސް ދުވަސް ހުސްކޮށްފި އެވެ.

މި ފިލްމްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ފިލްމްގެ ޑައިރެކްޓަރު އަޔާން މުކަރްޖީ ވަނީ ފިލްމްގެ ލީޑް އެކްޓަރުން ނުލައި ބޮޑީ ޑަބަލްސް ބޭނުންކޮށްގެން ފިލްމްގެ ބައެއް މަންޒަރުތައް ނަގާ ނިންމާފަ އެވެ. ބޮޑީ ޑަބަލްސް ބޭނުންކުރި ނަމަވެސް ވީއެފްއެކްސް ބޭނުންކޮށްގެން ފިލްމް އެޑިޓްކުރާނެ އެވެ.

ރިތިކް މި ފިލްމްގެ ޝޫޓިންގް ފެށީ މާޗް ހަތް ވަނަ ދުވަހު އެވެ. ފިލްމްގެ ގިނަ މަންޒަރުތައް ނަގާނީ މުމްބާއީގައި ހުންނަ ސްޓޫޑިއޯއެއްގަ އެވެ.

ހަމަޖެހިފައިވާ ގޮތަށް ޝޫޓިން ކުރިއަށްދާނަމަ މިއަހަރުގެ ޖޫން މަހަށް ފިލްމްގައި ރިތިކް ކުރަންޖެހޭ މަސައްކަތްތައް ނިމޭނެ ކަމަށް ފިލްމް އުފައްދާ ފަރާތުން ވަނީ ބުނެފަ އެވެ.