"ބާރޑްސް އޮފް ޕްރޭ" ގެ ދެވަނަ ޓްރައިލާ ދައްކާލައިފި

ހާރލީ ކުއިންގެ ރޯލުން މާގޮޓް ރޮބީ ފެނިގެންދާ ފިލްމް "ބާރޑްސް އޮފް ޕްރޭ" ގެ ދެވަނަ ޓްރެއިލާ ދައްކާލައިފިއެވެ.

ޓްރެއިލާ އިން ފެނިގެން ދަނީ، ޖޯކާ އާއި ބްރޭކްއަޕްވުމުން އެކަމުގެ ޑިޕްރެޝަންގައި ތަންތަން ސުންނާފަތިކުރުމުގައި ހާރލީ އުޅޭތަނެވެ. ހާރލީ އިތުރު ބަޔަކާއި ގުޅިގެން އުޅޭ މަންޒަރުވެސް ޓްރެއިލާއިން ފެނިގެންދެއެވެ.

މި ފިލްމުން ފެނިގެންދާ އިތުރު ކެރެކްޓާގެ ތެރޭގައި ބްލެކް ކެނެރީ، ބްލެކް މާސް، ހަންޓްރެސް ހިމެނެއެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ.