ސްޓްރީ 2 ގެ ޓްރެއިލާ ބުރާސްފަތި ދުވަހު

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސީކުއެލް ފިލްމް "ސްޓްރީ 2" ގެ ޓްރެއިލާ ބުރާސްފަތި ދުވަހު ރިލީޒްކުރަން ނިންމައިފި އެވެ.

ހޮރޯ-ކޮމެޑީ ފިލްމް ސްޓްރީ 2 ގެ ކާސްޓުންގެ ތެރޭގައި ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯ ހިމެނެ އެވެ.

މީގެ އިތުރުން މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ޕަންކާޖް ޓްރިޕާތީ އާއި އަބިޝެކް ބެނާޖީ ހިމެނެ އެވެ.

މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.