ޕްރިޔަންކާ ޗޯޕްރާ -- ފޮޓޯ: ޕްރިޔަންކާ ޗޯޕްރާ ފޭސްބުކް

ޕްރިޔަންކާ އެނބުރި މަސައްކަތަށް

އާއިލާއާއެކު އިންޑިއާގައި ޗުއްޓީ ހޭދަކުރުމަށްފަހު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އެނބުރި ފިލްމީ މަސައްކަތަށް ނިކުމެއްޖެ އެވެ.

ހޮލީވުޑްގެ ފިލްމް "ހެޑްސް އޮފް ސްޓޭޓް" މަސައްކަތަށް ނިކުމެފައިވާ ޕްރިޔަންކާ ހާމަކުރީ އިންސްޓަގްރާމްގަ އެވެ.

މި ފިލްމުން ޕްރިޔަންކާއާއެކު ޖޯން ސީނާ އާއި އިދްރީސް އެލްބާ ފެނިގެންދާނެ އެވެ.

މީގެ އިތުރުން ޕްރިޔަންކާ ވަނީ މިދިޔަ ބުދަ ދުވަހު އޭނާގެ އާ ފިލްމް "ބޯން ހަންގްރީ" ގެ ނަން އިއުލާނުކޮށްފަ އެވެ.