ފިލްމްގެ ޝޫޓިން ނިންމާލުން ފާހަގަކުރަނީ -- ފޮޓޯ: އިންސްޓަގްރާމް

ބޫލް ބުލައްޔާ 3 ގެ ޝޫޓިން ނިންމާލައިފި

ބޮލީވުޑްގެ ފިލްމް "ބޫލް ބުލައްޔާ 3" ގެ ޝޫޓިންގް ނިންމާލައިފި އެވެ.

ފިލްމްގެ ޝޫޓިން ނިންމާލުން ފާހަގަކުރުމުގެ ގޮތުން ވަނީ ކޭކެއް ފަޅާފަ އެވެ.

މި ހަރަކާތުގައި ފިލްމްގެ އެކްޓަރު ކާތިކް އާރްޔަން އާއި ޑިރެކްޓަރު އަނީސް ބަޒްމީވެސް ބައިވެރިވި އެވެ.

ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ޓްރިޕްތީ ޑިމްރީ އާއި ވިދްޔާ ބާލަން ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ.