ކުރިއަށް އޮތީ ޕްރިޔަންކާގެ "ހެޑްސް އޮފް ސްޓޭޓް"

ރިޗަޑް މެޑެންއާއެކު ސީރީޒް "ސިޓަޑެލް"ގެ ޕްރޮމޯޝަންގައި އުޅެމުން އަންނަ ޕްރިޔަންކާ ޗޯޕްރާ މި ވަނީ އޭނާގެ ފޭނުންނަށް އުފާވެރި ޚަބަރެއް ދީފަ އެވެ.

ޕްރިޔަންކާ ވަނީ އިދްރީސް އެލްބާ އާއި ޖޯން ސީނާ ލީޑް ރީލުން ފެނިގެންދާ ފިލްމް "ހެޑްސް އޮފް ސްޓޭޓް" އަކީ އޭނާގެ ކުރިއަށް އޮތް ފިލްމްކަން ހާމަކޮށްފަ އެވެ.

ޕްރިޔަންކާ ވަނީ "ޑެޑްލައިން"ގައި ޝާއިއުކޮށްފައިވާ ރިޕޯޓުގެ ސްކްރީންޝޮޓެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

ފިލްމުގެ މައުލޫމާތު ހިއްސާކުރުމުން އޭނާގެ ސަޕޯޓަރުން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި ކާމިޔާބީއަށް އެދޭ ކަމަށް ބުނެފަ އެވެ.

މި ފިލްމްގެ ބައެއް ކަންކަން ސިއްރުކޮށްފައިވާއިރު ފިލްމުގެ މަސައްކަތް މޭ މަހު ފަށާނެ އެވެ. އިލްޔާ ނައިޝުލާ ޑައިރެކްޓްކުރާ މި ފިލްމު އުފައްދަނީ ސަފްރާން ކޮމްޕެނީގެ ޕީޓާ ސަފްރާން އާއި ޖޯން ރިކާޑް އެވެ.