ސްޓާ ސްޕޯޓްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ރަންވީރް

ސްޓާ ސްޕޯޓްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ އެކްޓަރު ރަންވީރް ސިންގް ހަމަޖައްސައިފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުން މިއީ ސްޓާ ސްޕޯޓްސްގެ ބްރޭންޑް އެމްބެސެޑަރަކަށް އެކްޓަރަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

ސްޓާ ސްޕޯޓްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެހިގެން ދިއުމަކީ ލިބޭ ފަހުރެއް ކަމަށް ރަންވީރް ވަނީ ބުނެފަ އެވެ. ރަންވީރް ބުނި ގޮތުގައި އޭނާ ބޮޑުވެގެން އައީ ސްޓާ ސްޕޯޓްސް އިން ގެނެސްދޭ ކުޅިވަރުތައް ބަލަމުންނެވެ.

ސްޓާ ސްޕޯޓްސް އާޢި ރަންވީރްގެ އެއްބަސްވުމާއެކު ހަފުތާ ބަންދުގައި ފަށާ ޓާޓާ އައިޕީއެލް 2023 ގައި ރަންވީރް ބައިވެރިވާނެ އެވެ.