އެންޑްރޫ ގާފީލްޑް ސްޕައިޑަމޭންގެ ރޯލަށް ކެތްމަދުވެފައި

ސްޕައިޑާ-މޭންގެ އިތުރު ފިލްމްތައް ކުޅެން ކެތްމަދުވެފައި ހުރި ކަމަށް އެކްޓަރު އެންޑްރޫ ގާފީލްޑް ބުނެފި އެވެ.

މިހާތަނަށް ސްޕައިޑާ-މޭންގެ ތިން ފިލްމަކުން ފެނިގެންދިޔަ އުމުރުން 39 އަހަރުގެ އެކްޓަރު ބުނީ އެއީ ވަރަށް ގަޔާވާ ރޯލެއް ކަމަށާއި މުސްތަގުބަލުގައިވެސް އެ ރޯލު ކުޅެން ބޭނުންވާ ކަމަށެވެ.

މިދިޔަ އަހަރު ރިލީޒްކުރި "ސްޕައިޑަ-މޭން ނޯވޭ ހޯމް" އިންވެސް އެންޑްރޫ ފެނިގެންދިޔަ އެވެ.

ސްޕައިޑާ-މޭންގެ ރޯލުން އެންޑްރޫ ފުރަތަމަ ފެނިގެންދިޔައީ 2012 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ދަ އެމޭޒިން ސްޕައިޑާ-މޭން" އިންނެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ރިލީޒްކުރި "ދަ އެމޭޒިން ސްޕައިޑާ-މޭން 2" އިންވެސް ފެނިގެންދިޔަ އެވެ.