ހެގްރިޑްގެ ރޯލުކުޅުނު ރޮބީ މަރުވެއްޖެ

ހެރީޕޮޓާގައި ހެގްރިޑްގެ ރޯލު ކުޅުނު އެކްޓަރު ރޮބީ ކޮލްޓްރޭން މަރުވެއްޖެއެވެ

ރޮބީ މަރުވީ އުމުރުން 72 އަހަރުގައި ސްކޮޓްލެންޑްގެ ހޮސްޕިޓަލެއްގަ އެވެ.

ހެރީ ޕޮޓާގެ އިތުރުން ގިނަ ފިލްމްތަކާއި ސީރީޒްތަކެއް އޭނާ ވަނީ ކުޅެފައެވެ. އޭގެ ތެރޭގައި ޖޭމްސް ބޮންޑްގެ ބައެއް ފިލްމްތައްވެސް ހިމެނެއެވެ.

ރޮބީގެ މަރާއެކު އޭނާއާއެކު މަސައްކަތްކުރި ބައެއް ފަންނާނުންވަނީ ހިތާމަފާޅުކޮށްފަ އެވެ.