ޝާހްރުކް

ޝާހްގެ ސަޕޯޓަރުންގެ ފޯނުތަކެއް ވަގަށް ނެގި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ އުފަން ދުވަސް ފާހަގަކުރުމަށް އޭނާ ދިރިއުޅޭ ގެ ކައިރިއަށް ޖަމާވި ބައެއްގެ ފޯނުތައް ވަގަށް ނެގި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ޝާހްރުކްގެ 58 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް އޭނާ ދިރިއުޅޭ ގެ ކައިރިއަށް އެއްވި މީހުންގެ ތެރެއިން މަދުވެގެން 30 މީހެއްގެ ފޯނު ވަނީ ވަގަށް ނަގާފަ އެވެ.

އިންޑިއާ ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.