ފަޒަލް އާއި ރިޗާގެ ކައިވެނި ހަފުލާ ބާއްވައިފި

އަލީ ފަޒަލް އާއި ރިޗާ ޗައްދާގެ ކައިވެނީގެ ހަފުލާ ބާއްވައިފިއެވެ.

އެ މީހުންގެ ތަރުޖަމާނު ބުނީ ގާނޫނީ ގޮތުން، އެ މީހުން ކައިވެނި ކޮށްގެން އުޅޭތާ ދެ އަހަރާއި ފަސް މަސް ވެއްޖެ ކަމަށެވެ.

ކައިވެނީގެ ހަފުލާ އާއި ޕާޓީ ބާއްވާފައިވަނީ ދިއްލީ އަދި ލޮކްނައުވައެވެ. އޭގެ އިތުރުން މުމްބާއީގައި މިރޭ ހަފުލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދެ މީހުން ވަނީ 2012 ވަނަ އަހަރު ފިލްމް ފުކްރޭ އިން ފެނިގެން ގޮސްފައެވެ.