"ދަ ބްރިޖް" ގެ ހިންދީ ވާޝަންގެ ލީޑް ރޯލަށް ސައިފް

"ދަ ބްރިޖް" ގެ ހިންދީ ވާޝަންގެ ލީޑް ރޯލަށް ސައިފް އަލީ ހާން ހަމަޖައްސައިފި އެވެ.

 

ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިގެން ހިނގާ ކަންތައްތަކެއްގެ ވާހަކަ މި ފިލްމުން ކިޔައިދޭނެ އެވެ. ދެން ފެންނާނީ ފުލުހުން ތަހުގީގުތަކެއް ހިންގާ މި ކުށް ތަހުގީގުކުރާ ތަނެވެ.

 

ފިލްމްގެ ހިންދީ ވާޝަން އެކި ބަސްބަހުން ނެރުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމް އެމެރިކާ އާއި މެކްސިކޯގެ އިތުރުން އިނގިރޭސިވިލާތާއި ފްރާންސް އާއި ޖަރުމަނާއި ސިންގަޕޫރާއި މެލޭޝިއާގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.