ފިލްމް ކަމަނާގެ މަންޒަރެއް ޝޫޓްކުރަނީ -- ފޮޓޯ: ކަމަނާ ފޭސްބުކް ޕޭޖް

ކަމަނާގެ ހުކުރު ދުވަހު މެންދުރުފަހު ޝޯވެސް ހައުސްފުލް

ދިވެހި ފިލްމް "ކަމަނާ" ގެ ތަރުހީބު ބޮޑުވެ، ހުކުރު ދުވަހު މެންދުރުފަހު ބާއްވަން ނިންމި ޝޯގެވެސް ހައުސްފުލްވެއްޖެ އެވެ.

އެ ގޮތުން އަންނަ ހުކުރު ދުވަހު މެންދުރުފަހު 3:30 ގައި އޮލިމްޕަހުގައި "ކަމަނާ" ގެ ޝޯ އެއް ބާއްވަން ނިންމާ ޓިކެޓް ވިއްކަން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ އެ ޝޯގެ ހުރިހާ ޓިކެޓެއްވެސް ވިކިފަ އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް "ކަމަނާ" ގެ ހައުސްފުލް ޝޯތަކެއް ދަނީ ބާއްވަމުންނެވެ. މީގެ އިތުރުން މިމަހުގެ 10 ވަނަ ދުވަހު ސްރީލަންކާގައިވެސް ފިލްމް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމަކީ ގެވެށީ އަނިޔާގެ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިނަތު ރަޝްފާ (އާޝާ) ހިމެނެ އެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުހައްމަދު މަނިކުވެސް މި ފިލްމުން ފެނިގެންދާނެ އެވެ.