ހައުސްފުލް 5 ގެ ޝޫޓިން މިމަހު ފަށަނީ

ބޮލީވުޑްގެ ފިލްމް "ހައުސްފުލް 5" ގެ ޝޫޓިން މިމަހު ފަށަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމްގެ ޝޫޓިން ފަށަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅު ލަންޑަންގެ އެވެ.

މި ފިލްމަށް މިހާރު ވަނީ އެކްޓަރު ފަރްދީން ހާންވެސް ގުޅިފަ އެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އަކްޝޭ ކުމާރް، ރިތޭޝް ދޭޝްމުކް، ސަންޖޭ ދަތު، ނާނާ ޕަޓޭކަރް އަދި އަބިޝެކް ބައްޗަން ހިމެނެ އެވެ.

ފިލްމްގެ ޝޫޓިން މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހު އެވެ.