ޖޭއާރް އެންޓީއާރް އަށް އަނިޔާވެއްޖެ
ބޮލީވުޑްގެ ފިލްމް "ވޯ 2" ގެ އެކްޓަރު ޖޭއާރް އެންޓީއާރް އަށް އަނިޔާވެއްޖެ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އަނިޔާވެފައިވަނީ އޭނާގެ އަތަށެވެ.
އަނިޔާއާ ގުޅިގެން ޖޭއާރް ދެ މަސް ދުވަހު އަރާމުކުރަން ޖެހިފައިވާއިރު އެކަމުގެ ސަބަބުން ފިލްމްގެ މަސައްކަތްތަކަށް ވަނީ ބަދަލު ގެންނަން ޖެހިފަ އެވެ.
އެ ގޮތުން ޖޭއާރްއާއެކު ޝޫޓުކުރަން ޖެހޭ މަންޒަރުތައް ދެން ކުރިއަށް ގެންދެވޭނީ އޮކްޓޫބަރު މަހު އެވެ.
އަދިތްޔާ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމްގެ ޑައިރެކްޓަރަކީ އަޔަން މުކަރްޖީ އެވެ.