ސްޓްރީ 2 އަށް ބޮޑު ތަރުހީބެއް

ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށްފައިވާ ފިލްމް، "ސްޓްރީ 2" އަށް ފުރަތަމަ ދުވަހުވެސް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އިންޑިއާގެ މިނިވަންދުވަހާ ދިމާކޮށް ރިލީޒްކުރި ފިލްމަށް ފުރަތަމަ ދުވަހު ލިބޭނެ ކަމަށް ލަފާކުރީ 42 އާއި 44 ކްރޯޑް ރުޕީސްއާ ދެމެދުގެ އަދަދެކެވެ. ނަމަވެސް މި ފިލްމް ރިލީޒްކުރި ދުވަހު 52 ކްރޯޑް ރުޕީސް ލިބުނެވެ.

ޝްރަދާ ކަޕޫރް އާއި ރާޖްކުމާރު ރާއޯ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ ހޮރޯ ކޮމެޑީ ފިލްމެކެވެ.

މި ފިލްމްގެ ފުރަތަމަ ބައި ރިލީޒްކުރީ 2018 ވަނަ އަހަރު އެވެ.