މޭބެލައިން ނިއުޔޯކުގެ ބްރޭންޑް އެމްބެސެޑަރުކަން ސުހާނާއަށް
ޝާހްރުކް ޚާންގެ ދަރި ސުހާނާ ޚާންއާއެކު އިތުރު ދެ މީހަކު މޭބެލައިން ނިއުޔޯކުގެ ބްރޭންޑް އެމްބެސެޑަރުކަމަށް ހަމަޖައްސައިފި އެވެ.
މިއީ ބައިނަލްއަގްވާމީ ބްރޭންޑެއްގެ އެމްބެސެޑަރު ކަމަށް ސުހާނާ ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
މޭބެލައިން ނިއުޔޯކުގެ އެމްބެސެޑަރު ކަމަށް ދެން ހަމަޖައްސާފައިވަނީ ލަވަކިޔުންތެރިޔާ އަނަންޔާ ބިރްލާ އާއި ސުޕަމޮޑެލް އެކްޝާ ސުއްބާއެވެ.
ސުހާނާ ވަނީ ނިއުޔޯކްގައި ހުރެ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.