ކްރިޝް 4 ގެ ޑައިރެކްޓަރަކަށް ސިދާތު

ކްރިޝްގެ ހަތަރު ވަނަ ފިލްމްގެ ޑައިރެކްޓަރަކަށް ސިދާތު އާނަންދު ހަމަޖައްސައިފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުން ރިތިކްގެ ފިލްކް "ވޯ" އަށްފަހު ސިދާތު އާނަންދު މިހާރު ތައްޔާރުވަނީ ރިތިކްގެ ސުޕަހީރޯ ފިލްމް ކްރިޝްގެ ހަތަރު ވަނަ ފިލްމަށެވެ.

ފިލްމްގެ ސްކްރިޕްޓްގެ މަސައްކަތް ރިތިކް އާއި އޭނާގެ ބައްޕަ ދަނީ ކުރަމުންނެވެ. ނަމަވެސް މަސައްކަތް އަދި ނުނިމޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކްރިޝްގެ ފުރަތަމަ ފިލްމަކީ ކޮއި މިލް ގަޔާ އެވެ. ދެވަނަ ފިލްމަކީ 2006 ވަނަ އަހަރު ރިލީޒްކުރި ކިްރިޝް އެވެ. ތިންވަނަ ފިލްމަކީ 2013 ވަނަ އަހަރު ރިލީޒްކުރި ކްރިޝް 3 އެވެ.