ރާނީ މުކަރްޖީގެ ކުރިއަށް އޮތް ފިލްމަކަށް މަރްދާނީ 3

ގިނަ ބަޔަކު އިންތިޒާރުކުރާ މަރްދާނީގެ ތިންވަނަ ފިލްމުން ފެނިގެންދާނެ ކަމަށް ރާނީ މުކަރްޖީ ބުނެފި އެވެ.

ގުޕްތީ ޕުތުރަންގެ ސްކްރިޕްޓަކަށް އުފައްދާ ފިލްމުގައި މަސައްކަތް ކުރުމުގެ ހުއްދަ ރާނީ މުކަރްޖީގެ ފިރިމީހާ އަދި މަޝްހޫރު ފިލްމް އުފެއްދުންތެރިޔާ އަދިތުޔާ ޗޯޕްރާ ވަނީ ދީފަ އެވެ.

ފިލްމަށް ނަގާނެ އިތުރު ތަރިން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު މި ފިލްމް އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ.

މަރްދާނީގެ ފުރަތަމަ ފިލްމް ރިލީޒްކުރީ 2014 ވަނަ އަހަރު އެވެ. ދެވަނަ ފިލްމް ރިލީޒްކުރީ 2019 ވަނަ އަހަރު އެވެ. މި ދެ ފިލްމްވެސް ޕްރޮޑިއުސްކުރީ ރާނީ މުކަރްޖީގެ ފިރިމީހާ އެވެ.