26 އަހަރުގައި އަމީތާބުގެ މުސާރައަކީ 1،640 ރުޕީސް

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަންއަށް އުމުރުން 26 އަހަރުގައި މުސާރައަކީ 1،640 ރުޕީސް ކަމަށް އޭނާގެ ފޭނަކު ހާމަކޮށްފި އެވެ.

މިހާރު އުމުރުން 80 އަހަރުގެ އެކްޓަރުގެ ސަޕޯޓަރަކު ހާމަކުރި ގޮތުގައި އަމީތާބްގެ އުމުރުން 26 އަހަރުގައި ލިބުނީ 1،640 ރުޕީސް އެވެ. އެއީ ކޮލްކަތާގައި ބްލެކާސް ކުންފުނީގައި މަސައްކަތްކުރިއިރު ކަމަށާއި އެއީ 30 ނޮވެމްބަރު 1968 ކަމަށެވެ.

"އަދިވެސް އެ ފައިލްތައް އެބަހުރި" ޕަރަގް ދުރްނާ ބުނެފައިވެ އެވެ.

ދުރްނާ ބުނި ގޮތުގައި އަމީތާބް އޭރު ނިދަނީ 10 ފޫޓު 10 ފޫޓު ކޮޓަރިއެއްގައެވެ. އެ ކޮޓަރީގައި އަށް މީހުން ނިދާކަމަށްވެސް ބުނެފައިވެ އެވެ.