ޑޮން 3 އަށް ޝާހްރުކް އާއި އަމީތާބް ގެންނަން މަސައްކަތްކުރަނީ

ފިލްމް "ޑޮން 3" އަށް އަމީތާބް ބައްޗަން އާއި ޝާހް ރުކްހާން ގެނައުމަށް ފަރްހާން އަހްތަރް މަސައްކަތް ފަށައިފިއެވެ.

1978 ވަނަ އަހރު ރިލީޒްކުރި ޑޮންގައި ލީޑް އެކްޓަރަކީ އަމީތާބެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން ޑޮން 3 އަށް ފަރްހާން ގެންނަން ދެން މަސައްކަތްކުރަނީ ރަންވީރް ސިންހެވެ.

ފިމްލަށް މި ތިން ތަރިން ހަމަޖެހި، ޗުއްޓީ ދުވަސްކޮޅެއްގައި ފިލްމް ރިލީޒްކުރެވިއްޖެ ނަމަ ބޮޑޫ ކާމިޔާބެއް ލިބޭނެ ކަމަށް ބޮލީވުޑް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.