ސުޝްމިތާ ސެން -- ފޮޓޯ: އިންސްޓަގްރާމް

ސުޝްމިތާ ބުނީ އޭނާ ހުރީ ސިންގަލްކޮށް ކަމަށް

ލޯބީގެ ގޮތުން އެއްވެސް މީހަކާ މިވަގުތު ގުޅިގެން ނޫޅޭ ކަމަށް އިންޑިއާގެ އެކްޓްރެސް ސުޝްމިތާ ސެން ބުނެފި އެވެ.

ސުޝްމިތާ މިހެން ބުނެފައި މިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ރޯހްމަންއާ އަނެއްކާވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރިފައިވަނިކޮށެވެ.

ސުޝްމިތާ ބުނީ އޭނާ ސިންގަލްކޮށް ހުންނަތާ ދެ އަހަރުވެފައިވާ ކަމަށެވެ.

"އަހަރެންގެ ހަޔާތުގައި ފިރިހެނަކު ނެތް. އަހަރެން ސިންގަލްކޮށް ހުންނަތާ ދުވަސްކޮޅެއްވެއްޖެ،" އޭނާ ބުނެފައިވެ އެވެ.

އޭނާ ވަނީ މިވަގުތު ލޯބީގެ ގޮތުން އެއްވެސް މީހަކާ ގުޅުމުގެ ޝައުގުވެރިކަން ނެތް ކަމަށްވެސް ބުނެފަ އެވެ.