ވޮންޑަ ވުމަންގެ ގޮތުގައި ގަލް ގަޑޯ

ވޮންޑަ ވުމަން 3 ހުއްޓުމަކަށް

އެކްޓްރެސް ގަލް ގަޑޯއާއެކު ކުރިއަށް ގެންދަން އުޅުނު "ވޮންޑަ ވުމަން 3" ގެ މަސައްކަތް ހުއްޓިއްޖެ އެވެ.

ޖޭމްސް ގަން އަދި ޕީޓާ ސަފްރާން އާއެކު "ވޮންޑަ ވުމަން 3"ގެ މަސައްކަތް ރޭވިފައިވާ ކަމަށް ގަލް ގަޑޯ ބުނި ނަމަވެސް މިހާރު އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.

ވޮންޑަ ވުމަންގެ އިތުރު ފިލްމެއް އުފެއްދުމުގެ ވިސްނުމެއް މި ވަގުތު ޖޭމްސް އަދި ޕީޓާގެވެސް ނެތް ކަމަށްވެ އެވެ.

ފިލްމްގެ މަސައްކަތް ހުއްޓިފައިވާއިރު ގަލް ގެޑޯ ވަނީ އޭނާއާއެކު ވޮންޑަ ވުމަންގެ ތިންވަނަ ފިލުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޖޭމްސް އަދި ޕީޓާ ދިން ކަމަށް ބުނެފަ އެވެ.

އެ ވިސްނުން ބަދަލުވެއްޖެ ބުނާއިރު ޖޭމްސް އާއި ޕީޓާ މިހާރުގެ ވިސްނުމުގައި ހުރީ "ސުޕަމޭން: ލެގަސީ" ފިލްމާއި "ބެޓްމޭން: ދަ ބްރޭވް އެންޑް ދަ ބޯލްޑް" ފިލްމަށް ކަމަށްވެ އެވެ.