ފިލްމް ގަދަރް 2 ގެ ޕޯސްޓަރެއް

އަޑު އިވުމުން މަހުރޫމްވެފައިވާ މީހުންނަށް ހާއްސަކޮށް އިޝާރާތާއެކު ފިލްމް ގަދަރް 2

ބޮލީވުޑްގެ ފިލްމް "ގަދަރް 2" އިޝާރާތާއެކު އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް ހާއްސަކޮށް ރި-ރިލީޒްކޮށްފި އެވެ. މި ފިލްމް މި ފަހަރު ރިލީޒްކުރީ އިންޑިއަން ސައިން ލެންގުއޭޖްއާއެކު އެވެ.

ފިލްމް ގަދަރް 2 ފުރަތަމަ ރިލީޒްކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

އަނިލް ޝަރުމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ހިމެނެ އެވެ.

ފިލްމް އިޝާރާތުން ގެނެސްދިނުމުން އިންޑިއާގެ ޑެފް ކޮމިއުނިޓީގެ ފަރާތުން ވަނީ އެކަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.