ސަލްމާން ޓައިގާގެ ޝޫޓިންގައި

ސަލްމާން ހާންގެ ޓައިގާ 3 އަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

މިއީ ސަލްމާން އާއި ކެޓްރީނާ ކައިފް، ޓައިގާ އާއި ޒޯޔާގެ ގޮތުގައި އެނބުރި އަންނަ ފިލްމަށްވާތީ އެވެ. ފިލްމުން އިމްރާން ހަޝްމީވެސް ފެނިގެންދާނެ އެވެ.

ފިލްމްގެ ޝޫޓިންގައި ސަލްމާން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެފައިވާއިރު ގިނަ ބައެއްގެ ސަމާލުކަން މި ފޮޓޯތަކަށްވެސް ވަނީ ހުއްޓިފަ އެވެ.

މި ފިލްމް ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ މިއަހަރުގެ ނޮވެމްބަރު 12 ވަނަ ދުވަހު އެވެ.