ފައިޓާ ރިލީޒްކުރުން ފަސްކޮށްފި
ރިތިކް ރޯޝަން އާއި ދިޕިކާ ޕަދުކޯންގެ ފިލްމް "ފައިޓާ" ރިލީޒްކުރާ ތާރީހު ފަސްކޮށްފި އެވެ.
މި ފިލްމް ރިލީޒްކުރަން އޮތީ ސެޕްޓެމްބަރު 30، 2023 ގަ އެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ ޖެނުއަރީ 25، 2024 ގަ އެވެ.
ފިލްމްގައި ރިތިކް އާއި ދިޕިކާ ފެނިގެންދާނީ އިންޑިއާ އެއާފޯސްގެ ޕައިލެޓުންގެ ގޮތުގަ އެވެ. މި ފިލްމުން އެކްޓަރު އަނިލް ކަޕޫރުވެސް ފެނިގެންދާނެ އެވެ.
ފިލްމް އުފައްދާ ފަރާތުން ނިންމާފައިވަނީ ސިނަމާތަކުގައި ފިލްމް ރިލީޒް ކުރުމަށެވެ.