ފުރަތަމަ ހަފުތާގައި ޕަތާންއަށް 350 ކްރޯޑް ރުޕީސް

ޝާހް ރުކްގެ "ޕަތާން" އަށް ލިބޭ ތަރުހީބު ދަނީ ބޮޑުވަމުންނެވެ. މި ފިލްމަށް އަށްވަނަ ދުވަހާ ހަމައަށް ވަނީ 350 ކްރޯޑް ރުޕީސް ލިބިފަ އެވެ.

ފިލްމަށް ބުދަ ދުވަހު 18.25 ކްރޯޑް ރުޕީސް ލިބުނެވެ.

ޝާހް ރުކް އާއި ދިޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމްގެ ފިލްމްގެ ލަވައަކަށް ގިނަ ބައެއްގެ ފާޑުކިޔުން ލިބުނެވެ. ނަމަވެސް ފިލްމަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

މި ފިލްމްވެފައިވަނީ ދިޕިކާގެ ފިލްމަކަށް ފުރަތަމަ ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ.