ފިލްމް "އުލާޖް" ގެ ޕޯސްޓަރެއްގައި ޖާންވީ ކަޕޫރު

ޖާންވީ ކަޕޫރު ކާނާ ވިހަވެއްޖެ

ބޮލީވުޑްގެ އެކްޓްރެސް ޖާންވީ ކަޕޫރް، ކާނާ ވިހަވެގެން އެޑްމިޓްކޮށްފި އެވެ.

އޭނާ ކާނާ ވިހަވީ، އަންނަ މަހުގެ ދެވަނަ ދުވަހު ރިލީޒްކުރަން އޮތް ފިލްމު "އުލާޖް" ގެ ޕްރޮމޯޝަންގައި އުޅެނިކޮށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ހާލު ރަނގަޅު ނުވާތީ ފިލްމްގެ ޕްރޮމޯޝަންގައި އޭނާ ބައިވެރިވާން އޮތް އެޕޮއިންޓްމަންޓްތައް ވަނީ ފަސްކޮށްފަ އެވެ.

ޖާންވީގެ ހާލު ރަނގަޅުނަމަ ހުކުރު ދުވަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.