ކޮށާލި އިސްތަށިގަނޑުން ހީނާ ވިގެއް ހަދައިފި
ބްރެސްޓް ކެންސަރަށް ފަރުވާ ހޯދަމުންދާ އެކްޓްރެސް ހީނާ ހާން ވަނީ އޭނާގެ ބޯ ބާލާފަ އެވެ.
މިހާރު ކީމޯތެރެޕީ ނަގަމުން އަންނަ އެކްޓްރެސް ވަނީ އޭނާގެ އިސްތަށިގަނޑުން ތައްޔާރުކުރި ވިގެއް އަޅައިގެން ހުރެ ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
އެ ވީޑިއޯ ހިއްސާކޮށް ހީނާ ހާން ބުނީ އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުމާއެކު ބޯ ބާލަން ޖެހޭނެކަން އެނގުނު ކަމަށެވެ.
އެހެންކަމުން އިސްތަށިގަނޑު ކޮށާލުމަށްފަހު ވިގެއް ތައްޔާރުކުރަން ނިންމީ ކަމަށް ހީނާ ބުނެފައިވެ އެވެ.